އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން މިރޭގެ ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.

ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ އެވެ.

އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2022 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.04ރ. އެވެ.

މި\ރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620ރ. ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަހަރީ އާންމު ޖަލްސާގައު އުރީދޫގެ ބޯޑަށް އާންމު ހިއްސާދާރުންގރ ތެރެއިން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުން 1053 ވޯޓާއެކު ބޯޑަށް އިންތިހާބުވެފައިވަނީ ޝާހިދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.