ތައްޓާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު ހުޅުވާލަނީ

އޭދަފުށި ފުޓްސަލް ޓީމުން ހޯދި ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ތައްޓާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު އާއްމުންނަށް ހުޅުވާލަން އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

ގޯލްޑަން ފުޓްސަލް ތާރީހުގައި އޭދަފުށިން ހޯދި ފުރަތަމަ ތައްޓާ އެކު ޓީމު ރަށަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެދުވަހު ވަނީ އުފާފާޅުކުރުމުގެ ގިނަ ހަރަކާތްތަކެއް ބާއްވާފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ތައްޓާ އެކު ފޮޓޯ ނަގާނެ އިންތިޒާމު އޭދަފުށީ ބަނދަރުގެ ފާލަން ހިމެނޭ ސަރަހައްދުގައި ހަމަޖައްސާފައިވާނެ ކަމަށެވެ. ފޮޓޯ ނެގުމުގެ ފުރުސަތު މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ. ކޮންމެ ދުވަހަކު ވެސް ފޮޓޯ ނަގާނީ ހަވީރު 4 އިން 6 އަށެވެ.

“މިއީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދުމުން ހުޅުވާލާފައިވާ ފުރުސަތެއް. ބައެއް އާއިލާތަކުން އެބަތިބި އަދިވެސް ތައްޓާ އެކު ފޮޓޯ ނަގަން ބޭނުންވާ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ ފުރުސަތު އާއްމުންނަށް ހުޅުވާލަން ވަނީ ނިންމާފަ” އޭދަފުށީ ކައުންސިލުން ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ. މިއަހަރުގެ މުބާރާތުގައި 129 ޓީމު ވާދަކުރިއިރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ރަށްތައް ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.