ހިޔާދޭ ބޮޑެތި ގަސްތައް ކޮށާލުމުން އާއްމުންގެ ފާޑުކިޔުން!

ް ގަބުރުސްތާންތެރޭ ހުރި ބޮޑެތި ގަސްތައް ކޮށާލާފައި

ބ. އޭދަފުށި ބޮޑު މަގަށް ހިޔާވާގޮތަށް ގަބުރުސްތާންތެރޭ ހުރި ބޮޑެތި ގަސްތަކެއް ވަރަށް ބޮޑަށް ކޮށާލުމުން ކައުންސިލަށް އާންމުންގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ގަބުރުސްތާނުން ސްކޫލު ކުރިމައްޗަށް ހިޔާވާގޮތަށް ހުރި އޮފި އެލޭ ގަސްތައް ކޮށާލާފައި ވަނީ ރޯދަ ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. އަދި ގަސްތައް ކޮށާލާފައި މިވަނީ އެންމެ ހޫނު ގަދަވާނެ ކަމަށް ބެލެވޭ ދުވަސްވަރާ ވެސް ދިމާކޮށެވެ.

އެ ގަސްތައް ކޮށާލުމުން، އެ ސަރަހައްދު މިހާރު ފެންނަނީ ވަރަށް ބޮޑަށް އަވި ދީފައި ވަނިކޮށެވެ. އެ ގަސްތަކުގެ ސަބަބުން ސްކޫލު ކައިރިއަށް ކުދިން ބަލާ ދާ ބެލެނިވެރިންނަށް ވަރަށް ބޮޑަށް ފެހިކަން ލިބި ހިޔާ ދެ އެވެ.

ް ގަބުރުސްތާންތެރޭ ހުރި ބޮޑެތި ގަސްތައް ކޮށާލާފައި

ބައެއް އާއްމުން ދެކެނީ މިއީ މިރަށު ކައުންސިލުން ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގަ އެވެ.

“މިއީ އެއް ނޫން ދޯ މި ގަސްތައް މިވަރަށް ކޮށާލަންވީ ދުވަސްކޮޅަކީ، މީހުން ގަސްތައް މިގޮތަށް ކޮށަނީ ހުޅަނގު ވިއްސާރައިގައި، އެނގެންވާނެ ދޯ މި އަޅައިގަތީ އެންމެ ހޫނު ގަދަ ދުވަސްކޮޅަށް ކަމަށް،” ގަސްތައް ކޮށާލުމުން ހިތް ހަމަނުޖެހި ހުރި މީހަކު ބުންޏެވެ.

އެހެން ނަމަވެސް ގަސްތައް ކޮށާލީ މާ ބޮޑަށް ދިގުވެފައި، ބައެއް ގޮފިތައް ހިކިފައި ހުރުމުގެ ސަބަބުން ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

މިއީ ގަސްތައް ކޮށާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

ހިޔާދޭ ބޮޑެތި ގަސްތައް ކޮށާލާތީ ބައެއް މީހުން އެކަމާ ހިތްހަމަނުޖެހިގެން އަބަދުވެސް އެ ވާހަކަ ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.