
ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B އައްޔަންކޮށްފިއެވެ.
އެ މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ ރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.
ޒަރީރުގެ އިތުރުން ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލީ ފާރިސް މުހައްމަދު ވެސް ވަނީ މިރޭގެ އީޖީއެމްގައި އައްޔަންކޮށްފަ އެވެ.
އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާ އެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ:
- މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
- އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
- އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
- އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
- އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
- އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
- އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
- އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
- އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
- އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ