ރޯދަމަހުގެ ފަހު 10 ގައި ބީއެމްއެލް ހުޅުވާނީ ހެނދުނު 10:00-12އަށް

މި ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބީއެލްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް ބީއެލްއެލް އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން ބުނީ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އެ ވަގުތުތަކުގައި ހުޅުވާފައި ހުރި ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. މި ސެންޓަރުތަކުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމު ކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައް ވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭ ރޯލް ޕްރޮސެސް ކޮށްދިނުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓުތަކަށް ހެނދުނު 10:00 ގެ ކުރިން ފޮނުވާ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރާނެ އެވެ.

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.