ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ފޯސީޒަން އާއި އަނަންތަރާ ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލުގައި ފޯ ސީޒަން ވަނީ 3-1 އިން ސިޔާމް ވޯލްޑް ބަލިކޮށްފަ އެވެ. އަދި އަނެއް ސެމީގައި އަނަންތަރާއިން ވަނީ 3-2 އިން ރޯޔަލްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ފައިނަލުގައި ފޯސީޒަން އާއި އަނަންތަރާ ކުޅޭ މެޗު އޮންނާނީ މިރޭ 7:00 ގަ އެވެ.
މިއީ ރިވައިވަލް އިން ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ ފުރަތަމަ މުބާރާތެވެ. ދާދި ފަހުން، ރިވައިވަލް އިން ވަނީ އޭދަފުށީގައި އެކެޑަމީއެއްގެ މަސައްކަތް ފަށައި، މި ރަށުގައި ފޯރިގަދަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާއިފަ އެވެ.