ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދީފި

ބ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ މިސްކިތު ދަރުހުގެ ތެރެއިން. ފޮޓޯ/ ބ. އަތޮޅު ކައުންސިލް

ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ރަމަޟާންމަހު އަތޮޅު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން،  މިމަހުގެ 23 އިން އިއްޔެގެ ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަކީ ރަށު ކައުންސިލްތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށްގެދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި މިއަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މެންދުރު ނަމާދާއި އަޞްރު ނަމާދު ފަހު ވަނީ ދީނީ ދަރުސް ދީފަ އެވެ.

ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރަށްރަށުގައި ދީނީ ނަސޭހަތް ދެއްވީ ޝެއިޚް އިއްޒުއްދިން އަދުނާނާއި ޝެއިޚް އަބްދުލް ޤާދިރުގެ އިތުރުން ޝެއިޚް ހަސަން ތައުފީގެވެ..

ބ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ މިސްކިތު ދަރުހުގެ ތެރެއިން. ފޮޓޯ/ ބ. އަތޮޅު ކައުންސިލް

މި ބޭފުޅުން ދީނީ އެކި މައުލޫތަކަށް ދީނީ ނަސޭހަތް ދެއްވި ކަމަށް އަތޮޅު ކައުންސިލު އިދާރާއިން ބުންޏެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމަށް ރަށްރަށުގެ ކައުންސިލުތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ވަނީ ލިބިފައެވެ. އަދި ދީނީ ނަސޭހަތުގެ ޕްރޮގްރާމްތައް އަޑު އެހުމަށް ގިނަ ބަޔަކު މިސްކިތްތަކަށް ދިޔަކަން ފާހަގަ ކުރެވެ އެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.