
“ފަންޑިތަ ސިޙުރު – ސަލާމާތްވާނީ ކިހިނެއް؟” ގެ ނަމުގައި ހާއްސަ ދަރުސެއް މިރޭ އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބާއި ސަމޫމު އެންޓަޕްރައިސަސް ގުޅިގެން ބާއްވާ މި ދަރުނސް އޮންނާނީ މިރޭ 9:30 ގައި އޭދަފުށީ ސްޓޭޖް ސަރަހައްދުގަ އެވެ.
މިއީ މިފަހަކަށް އައިސް ވެލާ ސްޕޯޓްސް ކްލަބުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ‘އޭދަފުށި ބޮޑު ދަރުސް’ ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސެކެވެ.
އެ ކްލަބުން ބުނިގޮތުގައި އޭދަފުށި ބޮޑު ދަރުސް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކާ ތަފާތުކޮށް އިހްޔާ ފޯރަމްއެއް ގޮތަށެވެ.
މިއަހަރުގެ ފޯރަމްގެ މައުލޫ އަކީ ‘“ފަންޑިތަ ސިޙުރު – ސަލާމާތްވާނީ ކިހިނެއް؟” އެވެ.
ޑރ. އަލީ ޒާހިރު އާއި އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ތަގުރީރު ކުރައްވާ މި ފޯރަމް ހުށަހަޅައިދޭނީ އަހްމަދު ހަމީދު އާދަމެވެ.
މި ފޯރަމްގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބަޔަކު ސްޓްޖް ސަރަހައްދަށް ވަޑައިގަތުމަށް ވެލާ ސްޕޯޓްސް ކަލްބުން އޭދަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަ އެވެ.
އަދި މި ފޯރަމް ކުރިއަށް ގެންދިއުމުގައި ޖަމިއްޔަތުލް ސަލަފް އާއި އޭދަފުށި ކައުންސިލުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް އެ ކްލަބުން ޝުކުރު އަދާކުރެއެވެ.