![](https://www.eydhafushitimes.com/live/wp-content/uploads/2024/04/368604_3_b04d7d09f44bfaa9bdfd5eacf8988c59e877332a_large-1-1024x661.jpg)
ކުޑަ އީދު ފާހަގަކުރުމަށް، އަތޮޅު ވެރިކަންކުރާ ރަށްތަކާ އެކު، މުޅި ރާއްޖެ ނަލަ ގިޑިގެތަކުން ދިއްލާލަން ނިންމައިފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ އަތޮޅުވެރިކަން ކުރާ ހުރިހާ ރަށަކަށް ގިޑިގެތައް ފޮނުވަމުން އަންނަ ކަމަށެވެ. އެ ތަކެތި ހަރުކުރަނީ ސްޓެލްކޯ އަދި ފެނަކައިގެ އެހީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ އީދު ފާހަގަ ކުރުމުގެ ގޮތުން މާލެއާ އެއްގޮތަށް އަތޮޅު ވެރިކަންކުރާ ރަށްރަށުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ދިއްލޭ ގިޑިގެ ތަކާއި އަދި ލެޑް ލައިޓްތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި ގިޑިގެތަކާއި ލެޑް ލައިޓްތައް ރަށުގެ އެކި ސަރަހައްދު ތަކުގައި ހަރުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން މި ހަފްތާތެރޭގައި ފަށާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ.