އަތޮޅު ދުވުން: މި ފަހަރު އިންސްޓަ360 ކެމެރާއެއް

އުރީދޫގެ “އަތޮޅު ދުވުން” ގޭމް މި މަހު ކުޅެގެން ލީޑަބޯޑުގެ އެއް ވަނަ އަށް ދާ މީހަކަށް ސީ ގިއާގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ދޭން ނިންމައިފި އެވެ.

މި މަހު “އަތޮޅު ދުވުން” ފެނިގެން ދާނީ ބ. އޭދަފުށިންނެވެ.

“އަތޮޅު ދުވުން” ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރގޭމެވެ. އުރީދޫން ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް” ގެ ދަތުރުގައި މި ފަހަރު ރާއީ ދުވެފައި ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

ގޭމްގެ މި މަހުގެ އަޕްޑޭޓް މިހާރު އެޕް ސްޓޯރާއި އަދި ގޫގުލް ޕްލޭސްޓޯރުން ލިބޭނެ އެވެ.

މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކު އެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ވެސް ހިމެނިފައިވާނެ އެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫގެ ކަލަންޑަރުގައި ހިމެނޭ ގޭމަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ލޫޕްކްރާފްޓުގެ އުފެއްދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.