އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

ބ. އޭދަފުށީގައި 1000 ހައުންސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.

އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ. އޭދަފުއްޓަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް 1000 ހައުންސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ

އެކަން ކުރިއަށް ދަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Ali

    Sarukaarugr vaudeh nehthaa housing alhaakah. Saleem hovunrema Saleem ves nooleyne
    China bayaku grngos photo never. 2 billion rufiyaa ge maaahkatheh eydhafushi ahkah nukuraane sarukaarakun

    ރައްދު
  2. ފާތުމަ

    ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރައީސް ކޮށްދޭންޖެހޭ ކަމެއްނޫންތޯ؟ މިކަމާ ސަލީމާ އޮތީ ކޮން ގުޅުމެއް؟ ސަލީމް ކޮށްދޭ ކަމެއްނަމަ މިއޮތްހާ ދުވަހު މިކަން ނުވެ އޮތީކީއްވެ؟ ގައިމު މެމްބަރު ކަމުގަ ހުންނަތާ 15 އަހަރުވީ.

    މިފަހަރު ބަދަލަކަށް ވޯޓުދޭންވީ. ސޭ ނޯ ޓު ސަލީމް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.