ޕައިލެޓަކަށް ވާން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުސަތެއް!

ޒެޑްވޭ ކޮންސަލްޓެންސީ ގެ ފަރާތުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ މައުލޫމާތާއި އަދި ހުނަރުތައް ދަސްކޮށް ދިނުމުމުގެ ހާއްސަ ޕްރޮގްރާމެއް އޭދަފުށީގައި ހިންގަން ހަމަޖެހިއްޖެ އެވެ.

“ޕައިލެޓް ޕުރެޕަރޭޓަރީ ޕުރޮގްރާމް” ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ ޕައިލެޓްކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގުރާމަކީ ޕައިލެޓްކަން ކިޔެވުމަށް ފުލައިން ސްކޫލަކާ ގުޅުމުގެ ކުރިން ތަމްރީނަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ 40 ގަޑިއިރުގެ ޕުރޮގްރާމެކެވެ.

އޭދަފުށީގައި އަންނަ މޭމަހު ފެށުމަށް ތައްޔާރުވަމުން އަންނަ މި ޕްރޮގުރާމުގައި 14 އަހަރު ފުރިފަވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ.ޕްރޮގުރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނެވިގޭޝަން، މޫސުން ދެނެގަތުން، ޕައިލެޓަކަށް ވުމަށް ކުރިއަށްގެންދަންޖެހޭ ބައިތައް އަދި ސްޓޭޖުކުގެ އިތުރުން މަތިންދާބޯޓު އުދުހުމަށް ވާންޖެހޭ ތައްޔާރީތައް އަދި ފްލައިން ޓެކްނީކްސް އާއި ރޭޑިޔޯ ކޮމިއުނިކޭޝަން ހިމެނެ އެވެ.

ޒެޑްވޭ ކޮންސަލްޓެންސީ ބުނިގޮތުގައި މި ޕުރޮގްރާމް ހިންގާނީ ތިއަރީ ކުލާސްތަކުގެ އިތުރުން ފްލައިޓް ސިމިއުލޭޓަރ ބޭނުން ކޮށްގެންނެވެ.

ޕައިލެޓް ޕްރެޕަރޭޓަރީ ޕްރޮގުރާމް ފުރިހަމަ ކުރާ ބައިވެރިންނަށް ޒެޑްވޭ ކޮންސަލްޓެންސީން ހަނދާނީ ލިޔުމެއްދޭނެ އެވެ. މީގެ އިތުރުން މުސްތަގަބަލުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ހިލޭ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ކަމަށްވެސް ޒެޑްވޭ ކޮންސަލްޓެންސީން ބުންޏެވެ.

މި ޕްރޮގްރާމް ގެ ބައިވެރިންނަށް މި ދާއިރާއިން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ އެވެ. އޭގެ ތެރޭގައި ފްލައިން ސްކޫލް ކަނޑައެޅުމާއި ފްލައިން ތަމްރީންތަކުގައި ދިމާވާ ދަތިތަކުގައި ޓެކްނިކަލް ލަފާ ދިނުން ހިމެނެ އެވެ.

މި ޕްރޮގުރާމާ ގުޅޭ އިތުރު މައުލޫމާތު 9450944 އަށް ގުޅުމުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.