އުރީދޫ ހަދިޔާ ފޮށިން ލިބުނު އިނާމު ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސް ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް މީހުންނަށް އިނާމު ހަވާލުކޮށްފި އެވެ.

މީގެ ތެރޭގައި އެއާޕޮޑް، އެޕަލް ވޮޗް، އަދި ޖޫސާ ފަދަ އިނާމުތައް ހަވާލު ހިމެނެ އެވެ.

ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުންދާއިރު މި ރޯދަ މަހުވެސް އެތައް ހަދިޔާތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފައެވެ.

މީގެ ތެރޭގައި އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯއެވެ. މީގެ އިތުރުން ޕީ.އެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާ ހިމެނެ އެވެ. ހަމަ މިއާއެކު ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމުތަކެއް ހިމެނެ އެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެ އެވެ.

ހަދިޔާ ފޮށީގައި ބައިވެރިވުމަށް އުރީދޫ ސުޕައެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ. މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެ އެވެ. ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެން ދާނެ އެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެ އެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެ އެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.

ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން “ސްޓްރީކް” ހެދޭނެ އެވެ. އަދި “ކަރާ ޕޮއިންޓްސް” ލިބިގެންދާނެ އެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފްތާއެއްގައި ލީޑަބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް “ވީކްލީ މެގަ ގިފްޓް” ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.