ޒަކާތުގެ ގޮތުގައި ލިބުނު ބައިލައްކަ ރުފިޔާ ފަގީރުންނަށް ޖަމާކޮށްފިން: އޭދަފުށީ ކައުންސިލް

އޭދަފުށި-- ފޮޓޯ/ޔާނިއު

ބ. އޭދަފުށިން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ފަގީރުންގެ ދަފްތަރުގައިވާ މީހުންނަށް ޖަމާކޮށްފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

މި ރޯދަމަހު އޭދަފުށިން 2120 މީހުން ޒަކާތުގެ ގޮތުގައި 50,953.00 ރ. ވަނީ ދައްކައިފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފަގީރުންގެ ދަފްތަރުގައި މިރަށުގައި 30 މީހުން ތިބި ކަމަށާއި ބޮލަކަށް 1698.43ރ. ގެ ރޭޓުން އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 56,860 ރުފިޔާ ލިބުނުއިރު ޒަކާތް ދައްކާފައިވަނީ 2522 މީހުންނެވެ.

ކައުންސިލުން ބުނި ގޮތުގައި މިދިޔަ އަހަރަށްވުރެ މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުވެފައި، ލިބުނު ފައިސާ މަދުވެފައިވަނީ މިއަހަރު އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކި މީހުން އިތުރުވުމުންނެވެ.

ފިތުރު ޒަކާތް ބަލައިގަތީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.

އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނަނީ އެ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.

ފިތުރު ޒަކާތަކީ ރޯދަ މަހާ ބައްދަލުވި ކޮންމެ މުސްލިމެއްގެ ވާޖިބުވެގެންވާ، އިސްލާމް ދީނުގެ ރުކުނެކެވެ. ފިތުރު އީދު ނަމާދުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.