ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން އޭދަފުށި ދިއްލާލައިފި

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން އޭދަފުށި ދިއްލާލައިފައި.– ފޮޓޯ: ޔާނިއު | އީޓީ

ފިތުރު އީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން އޭދަފުށި ދިއްލާލައިފި އެވެ.

އަންނަ ބުދަ ދުވަހު ފާހަގަކުރާ ފިތުރު އީދު ދުވަހަށް ބޮކިތަކާއި ގިޑިގެތައް އޭދަފުށި. ބަނދަރު މަތީގަ އާއި ބޮޑެތި މަގުތައް ވަނީ ދިއްލާފަ އެވެ.

އެގޮތުން އޭދަފުށީގައި ޖުމްލަ 10 ގިޑިގެ އާއެކު ގިނަ އަދަދެއްގެ ބޮކި ދިއްލާފައި ވެ އެވެ.

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން އޭދަފުށި ދިއްލާލައިފައި.– ފޮޓޯ: ޔާނިއު | އީޓީ

ރާއްޖޭގެ ރަށްތައް ފިތުރު އީދަށް ދިއްލާލުމަށް “އީދު އަލި” ހަރަކާތް ފެށުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. ކުޑަ އީދުގެ އުފާ ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން މާލެ އާއި އެހެން ސިޓީތަކާއި ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށް މިރޭ ވަނީ ދިއްލާލައިފަ އެވެ.

އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ބޭނުންފުޅުވާ ކަމަށާއި އަންނަ އަހަރު މިއަހަރަށް ވުރެ ބޮޑަށް އީދު އަލިން ރާއްޖޭގެ ރަށްތައް ދިއްލާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން އޭދަފުށި ދިއްލާލައިފައި.– ފޮޓޯ: ޔާނިއު | އީޓީ

“އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިއަންނަ އަހަރަށް އަދި އަލްހާ އީދަށް އިރާދަކުރެއްވިއްޔާ މިއަށް ވުރެ ގިނަ ކުރާނަން އީދު އަލި،” އެކަމަށް ގިނަ ރަށްތަކަކުން އެދެމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.