100ޖީބީ އާ އެކު އުރީދޫން އީދަށް ހާއްސަ އޮފާތަކެއް

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފާ ތަކެއް އިއުލާނުކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި މިއީ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެކެވެ.

އެގޮތުން ވީޑިއޯކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރި ކޮށް މިއީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު މިވަނީ ފަހިވެފައެވެ.

އީދު ޕެކް: އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50ރ އަށް.

ޗުއްޓީ ޕެކް: އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެއެވެ.

ގިފްޓް އަ ޕެކް: ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.

ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ.

އުރީދޫން ބުނިގޮތުގައި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.