ބީއެމްއެލް އިން ހަ ރަށެއްގައި ޢީދު ސައި ބާއްވައިފި

ބީއެމްއެލްގެ އީދު ސައިގައި ބަޔަކު މިއަދު ބައިވެރިވަނީ.—ފޮޓޯ: ބީއެމްއެލް

ފިޠުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި  ބޭންކް އޮފް މޯލްޑިވްސްއިން 6 ރަށެއްގައި އީދު ސައި ބާއްވައިފިއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާ ގުޅިގެން  މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައި އެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުން ވަރަށް ބޮޑަށް ބަލައިގަންނަ  އިވެންޓެއް  ކަމަށެވެ. އަދި  އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އީދު ސައިގައި ބަޔަކު މިއަދު ބައިވެރިވަނީ.—ފޮޓޯ: ބީއެމްއެލް

“މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް. މި އިވެންޓް ބޭއްވުމަށް އެހީތެރި ވެދެއްވި  އަޅުގަނޑުމެންގެ ޓީމާއި، ކައުންސިލްތަކާއި  ޖަމިއްޔާތަކަށް ޝުކުރު އަދާކުރަން.” ސައީދު ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަ ހަރަކާތްތަކުން ދައްކުވައިދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.