ބީއެމްއެލް އިން ޗެންޕިއަންސް ލީގު ފައިނަލުގައި ކުޅޭ ޓީމްތަކާއެކު ކުއްޖަކަށް ދަނޑަށް އެރުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މާސްޓަކާޑު ޕްލޭޔަރ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ހަރަދަކާއެކު ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެއެވެ. މިގޮތުން ލަންޑަން ދެކޮޅު ޑިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރ މެސްކޮޓް (ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލަކަމް ގިފްޓެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 7 މެއި 2024 ގެ ނިޔަލަށެވެ.

މާސްޓަރކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރ އެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.