އޭދަފުށި ފުޓްސަލް ކަޕް: ސެމީގައި ޔުނައިޓެޑް ވީ، ސީސީ، މުރިނގު އަދި އަފްރޯ

އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އުރީދޫ އޭދަފުށި ފުޓްސަލް ކަޕްގެ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ހޮވިއްޖެ އެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، 8:15 ގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލްގައި ކުޅޭނީ ޔުނައިޓެޑް ވީ އާއި ސީސީ ސްޕޯޓްސް ކްލަބެވެ. އަދި 21:45 ގައި ފަށާ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބާއި މުރިނގު އެފްސީ އެވެ.

ޔުނައިޓެޑް ވީ އިން ސެމީ އަށް ދަތުރުކުރީ ކުއާޓާގައި އެއިޓީފޯ އެފްސީ އާ ވާދަކޮށް 14-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ވީ ގެ މުހައްމަދު ހައްސާނެވެ.

ސީސީ ސްޕޯޓްސް ކުލަބާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުުރި މެޗުގެ ތެރެއިން – ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ސީސީ ސްޕޯޓްސް ކްލަބުން ސެމީ އަށް ދަތުރު ކުރީ 2-0 އިން ވެލާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސީސީގެ އަހްމަދު އައިހަމް އެވެ.

މުރިނގު އެފްސީން ސެމީއަށް ދިޔައީ، އެޓީމުގެ އިބްރާހީމް ޝަރީފުގެ މޮޅު ކުޅުމާއެކު 2-4 އިން ނަލަ ބްރަދާސް ބަލިކޮށްގެންނެވެ.

އެއިޓީފޯ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އެންމެފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކްލަބުން ސެމީގެ ފަހު ޖާގަ ހޯދީ 2-5 އިން މިދިޔަ އަހަރުގެ ރަނާއަޕް އޯލް ވޮލްވްސް ބަލިކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަފްރޯގެ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗުތަކަށް ފަހު، މޮޅުވާ ދެ ޓީމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.