މަޖިލިސް އިންތިހާބުގެ ވޯޓްލުން ފަށައިފި

އޭދަފުށީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓުލަނީ.–

ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މާލެ އާއި އެކި ރަށްރަށުގައި ދެންމެ ފަށައިފި އެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8 އިން ހަވީރު 5:30 ވަންދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް ގެންދާނެ އެވެ.

މި ފަހަރުގެ މަޖިލިހަށް 93 ކެންޑިޑޭޓުން ހޮވަން ޖެހޭއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 130 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ވޯޓުލެވޭ އާބާދީއަކީ 284،663 އެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. އީސީ އިން ބުނެފައިވާ ގޮތުގައި މި އިންތިހާބަށް ވަނީ 287،462 ކަރުދާސް ޗާޕުކޮށްފަ އެވެ.

އޭދަފުށީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓުލަނީ.–

މި އިންތިހާބުގައި އޭދަފުށީ ދާއިރާއަށް މިފަހަރު ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ. އެއީ ޕީޕީއެމް އިން ވާދަކުރައްވާ މިހާރުވެސް މިދާއިރާގެ މެންބަރު އަހްމަދު ސަލީމާއި އެމްޑިޕީން ވާދަކުރައްވާ އަބްދުލްހަމީދު  މުހައްމަދު (ހަމީދު) އަދި ޖުމްހޫރީ ޕާޓިން ވާދަކުރައްވާ މުހައްމަދު ނާސިރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ޔާސިރު ހުސައިން އާއި އަބްދުﷲ ވިސާމެވެ.

ވޯޓްލުން މިއަދު ކުރިއަށްދާ އިރު، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިންތިހާބު އަމާންކަމާއި ސުލްހަވެރިކަމާ އެކީ ކުރިއަށް ގެންދަން އީސީ އާއި ފުލުހުން ވެސް އެދިފައިވެ އެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މުޅި ރާއްޖޭގައި ފުލުހުން ހަރަކާތްތެރި ވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.