ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް އަންގާރަ ދުވަހު

ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ތެރެއިން.— ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިވައިވަލް ސްޕޯޓްސް ކްލަބުން ރިސޯޓްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ބާއްވާ “އެލް މޯބައިލް ރިވައިވަލް އިންޓަ ރިސޯޓް ބެޑްމިންޓަން ޗެމްޕިއަންޝިޕް”، މިކްސް ޓީމު އިވެންޓް މުބާރާތް އަންނަ އަންގާރަދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ބ. އޭދަފުށީ ޔޫޓު ސެންޓަރު، ބެޑްމިންޓަން ކޯޓުގައި މި މަހު 23-27 އަށް ކުރިއަށްދާ މުބާރާތުގައި ހަ ރިސޯޓުން ވާދަކުރެއެވެ.

މުބާރާތުގައި ބައިވެރިވެފައިވަނީ، އަނަންތަރާ ކިހަވައް ވިލާސް، ރޯޔަލް އައިލެންޑް ރިސޯޓް، ފޯސީޒަން ލަނޑާގިރާވަރު، އަވާނީ ފަރެސް އަދި އަމިއްލަފުށި ރިސޯޓްގެ އިތުރުން ސިޔާމް ވޯލްޑް ރިސޯޓުންނެވެ.

ރިވައިވަލްސް އިން މި މުބާރާތް ކުރިއަށްގެންދަން ނިންމާފައިވަނީ މިކްސް ޓީމު އިވެންޓް މުބާރާތެއްގެ ގޮތުގަ އެވެ.

ރިވައިވަލް އިން ވަނީ މުބާރާތް ފޯރިގަދަކުރުމާއި ޓީމުތައް ވަރުގަދަ ކުރުމުގެ ގޮތުން، ކޮންމެ ޓީމެއްގައި ވެސް ރިސޯޓުން ބޭރު އެއް ކުޅުންތެރިއަކު ހިމަނަން ފުރުސަތު ދީފަ އެވެ.

މުބާރާތް ކުރިއަށްދާނީ، ކޮންމެ މެޗެއްގައި ވެސް، ފަސް ގޭމް ހިމެނޭ ގޮތަށެވެ. އެކާވީސް ޕޮއިންޓް ލިބޭ ފޯމެޓަށް ކުޅޭއިރު، ގޭމްތައް ރޭވިފައިވަނީ، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ގޭމެއް ކުޅޭ ގޮތަށެވެ.

ރިވައިވަލް އިން، ދާދި ފަހުން ވަނީ، އޭދަފުށީގައި ޖޫނިއާ އޯޕަން ފޯރިގަދަ ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.