ތުޅާދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުލް ހަންނާން

އެމްޑީޕީ އަށް ތާއިދު ގެއްލި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ އެ ދާއިރާގެ  ވޯޓަށް ބަލާއިރު އެ ގޮނޑި ކާމިޔާބިކޮށްފައިވަނީ މިނިވަން ކެންޑިޑޭޓް އަބްދުލް ހަނާން އަބޫބަކުރެވެ.

އެ ދާއިރާއަށް ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.

އޭގެތެރެއިން މިހާތަނަށް ގުނި ވޯޓުފޮށިތަކުން ކުރި ހޯއްދަވާފައި ވަނީ އަމިއްލަ ކެންޑިޑޭޓު އަބްދުލް ހަނާން އަބޫބަކުރުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ޕީއެންސީ ކެނޑިޑޭޓް ހަސަން ނިޒާމް (ކަޑޭ)އެވެ. އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ޝަފީގް އޮތީ ތިންވަނައިގައެވެ.

މިދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސައިންއެވެ. މިފަހަރު އިންތިހާބުގައި ހިސާން ވާދައެއް ނުކުރައްވައެވެ.

އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި މިހާރު މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު މާލެ އާއި އައްޑޫގެ ގިނަ ގޮނޑިތައް ވެސް ހޯދީ ޕީއެންސީންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.