ހިތާދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ސިރުހާނަށް

ބ. ހިތާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ސިރުހާން

ރައްޔިތުންގެ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީންގެ ކެންޑިޑޭޓް މުހައްމަދު ސިރުހާން ކާމިޔާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މާޅޮސް، ހިތާދޫ އަދި ދަރަވަންދޫ ހިމެނޭ ހިތާދޫ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ޕީއެންސީގެ މުހައްމަދު ސިރުހާން އެވެ.

އެ ދާއިރާ އަށް ފަސް ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ސިރުހާނުގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އާޔަތުﷲ ހުސައިން (އާޔަތު) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އިކްލީލް ޝަރީފް އާއި ޒީބާ އަތާ މުހައްމަދު އަދި ޝަރީފާ ސައީދެވެ.

ހިތާދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ފަސް ކެންޑިޑޭޓުންގެ ތެރެއިން ސިރުހާން އެ ގޮނޑި ކާމިޔާބު ކުރެއްވީ 830 ވޯޓުންނެވެ. އާޔަތު އަށް 766 ވޯޓު ލިބުނުއިރު ޑރ. އިކްލީލަށް ލިބިވަޑައިގަތީ 739 ވޯޓެވެ. އަދި ޒީބާއަށް 257 ވޯޓް ލިބުނުއިރު ޝަރީފާއަށް ލިބުނީ 107 ވޯޓެވެ.

އެއީ 83 ފޮއްޓަކުން ލިބުނު ނަތީޖާ އެވެ. ނަތީޖާ ނުލިބޭ އެހެނިހެން ދާއިރާތައް ހިމެނެ އެވެ. ނަމަވެސް، އެ ފޮށިތަކަށް ވޯޓު ލީ މީހުންގެ އަދަދު، މިހާރު އެންމެ ކުރީގައި އުޅުއްވާ ދެ ބޭފުޅުންގެ ވޯޓުގެ ފަރާގަށް ވުރެ މަދުވުމުން، އެ ގޮނޑި ސިރުހާން ވަނީ ކަށަވަރު ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.