ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް، 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި އެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާއެކު މިހާތަނަށް ވަނީ 70 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުން އެންޑޯޒް ކުރި ބައެއް ކެންޑިޑޭޓުން ވަނީ ގޮނޑި ޔަގީން ކުރައްވައިފަ އެވެ.

މި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އާބާދީ ބޮޑެތި ހުރިހާ ސިޓީއަކުން ޕީއެންސީން ވަނީ މެޖޯރިޓީ ހޯދާފައެވެ. މީގެ ކުރިން އެމްޑީޕީއަށް ޔަގީން ގިނަ ގޮނޑިތަކެއްވެސް ވަނީ ޕީއެންސީ ކޮޅަށް އެނބުރިފައެވެ. މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީ ތަމްސީލުކުރަމުން އައި ގިނަ މެންބަރުންނަށްވެސް މި ފަހަރު އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.