ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ ޝަކުވާ ގިނަވެއްޖެ


ގިނަ ގޭގޭގެ މިދިޔަ މަހުގެ ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ، އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވެ އާންމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އަދި ފެނަކައިން ބުނަނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާތީ ކަމަށެވެ.

“އީޓީ”ން ވެސް ބެލިބެލުމުން މިރަށުގައި ވެސް ވަރަށް ގިނަ ގޭގޭގެ ކަރަންޓް ބިލް ވަނީ ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ.

އެގޮތުން ކަރަންޓް ބިލް އާންމު މަސްތަކުގައި 500ރ. ގައި ހުރި އިރު މިދިޔަ މަހުގެ ކަރަންޓް ބިލް ވަނީ 1،900ރ. އިން މައްޗަށް ގޮސްފަ އެވެ. އަދި އާންމުކޮށް މަހަކު 400ރ. ނާރާ ގެއެއްގެ ކަރަންޓް ބިލް 3,000ރ. އިން މައްޗަށް ގޮސްފަ އެވެ.

މިއީ ނިސްބަތުން ބަލަންޏާ ވަރަށް ބޮޑު އަދަދެކެވެ. ބައެއް ގޭގެ ގާތްގަނޑަކަށް ތިން ގުނަ އޭރުން ބިލުން ބޮޑުވާނެ އެވެ.

އެކަމަކު ހޫނު މޫސުމުގެ ބިލުތަކަށް ވުރެ މާ ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީސްމީހުންގެ ގޭގެ އަށް މިފަހަރު ބިލް ފޮނުވާފައި ހުރީ އާއްމުކޮށް ރޯދަމަހު ރޯދަމަހު ނެގިވަރަށްވުރެ ޑަބަލްކޮށް ކަމަށެވެ. ސޯސަލް މީޑިއަށް ބައެއް މީހުން ލާފައިވާ ބިލްތަކަށް ބަލާއިރު ވެސް ފެންނަނީ ދެ ގުނަ ބޮޑުވެފައި ހުއްޓަ އެވެ.

“ރޯދަ މަހު 1300ރުފިޔާ، މިމަހު 2000 ރުފިޔާ، އިތުރަށް ބޭނުންކުރި އެއްޗެއް އިތުރަށް ގޭގަ ހަރުކުރި އެއްޗެއް ނެތް. ޑިޖިޓަލް މީޓަރުހަރުކޮށްގެން މި ޖަހާ ސަކަރާތެއް ބަލަންޖެހޭ ނޫންބާ؟!ސީސަލް މީޑިއާގައި ޝަކުވާ ކުރި މީހަކު ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިދިޔަ ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ރޯދަމަހު ވަނީ ކުޑަކޮށްދީފައެވެ.

އާންމު ގޮތެއްގައި ވެސް މާޗް އޭޕްރިލް މަހަކީ ރާއްޖޭގެ އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މި ފަހަރު ހޫނު މޫސުމާ ވެސް މި ދިމާވީ އާންމުކޮށް ކަރަންޓުގެ ސާމާނުތައް އެންމެ ގިނައިން ބޭނުންކުރާ ރޯދަމަހާ އެވެ. އެހެންވެ، ކަރަންޓް ބޭނުން ކުރާ ވަރު ވަރަށް ބޮޑު އިތުރުވާނެ ސްޓެލްކޯއިން މީގެ ކުރިންވަނީ ބުނެފަ އެވެ.

އަދި ބިލް ބޮޑުވާ ދުވަސްވަރު އެހެން މަސްމަހާ ހިލާފަށް ކަރަންޓް އިގްތިސާދު ކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް މިފަހަރުވެސް ދުރާލާ އެ ކުންފުނިން ވަނީ އަންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.