އޭދަފުށިން ދޫކުރާ 183 ގޯއްޗަށް ފޯމް ބަލައިގަންނަން ފަށައިފި

ބ. އޭދަފުށިން ދޫކުރަން އިއުލާންކުރި 183 ގޯއްޗަށް ފޯމު ބަލައިގަންނަން މިއަދު ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އަންނަ މަހުގެ 28ގެ ނިޔަލަށް ކައުންސިލު އިދާރާގައި ފޯމު ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.

ގޯއްޗަށްއެދޭ ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ވެސް މެންދުރުފަހު 13:00 އިން ހަވީރު 16:00 އަށް ކަމަށެވެ.

އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ބައެއް އިސްލާހުތައް ގެނެސް، އެ ބަދަލުތަކާ އެކު އަލުން ފާސްކޮށް، ގެޒެޓްކޮށް އިއުލާންކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އޭދަފުށީން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓުގެ 183 ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެ ފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުމާއި ލިބިފައިވާ އެފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނެ އެވެ.

އަދި، އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުމަކީ ވެސް ޝަރުތެކެވެ.

އޭދަފުށީ ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު އިއުލާނުގައިވާ ގޫގަލް ޑްރައިވް ލިންކުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ ކަމަށެވެ. ފޯމު އީމެއިލް ކުރާނަމަ [email protected] އަށް މެއިލުކުރުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.