ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ

މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓްގެ ބިލުން ވެސް ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފި އެވެ.

ރައީސްގެ އެ ނިންމެވުމާ އެކު އެންމެ ފުރަތަމަ ކަރަންޓް ބިލުން ޑިސްކައުންޓް ދިނީ ރޯދަ މަހުގެ ކުރީގެ މަހުގެ ބިލުންނެވެ. ނަމަވެސް ރޯދަ މަހު ބޭނުންކުރި ބިލަށް ޑިސްކައުންޓް ނުދީ އޮތުމާއި މިދިޔަ ރޯދަ މަހަކީ ހޫނު ގަދަ މަހަކަށް ވުމުން ގިނަ ގެތަކުގެ ކަރަންޓް ބިލް މިފަހަރު ވަރަށް ބޮޑުވެފައެވެ.މިދިޔަ މަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭން ނިންމާފައި މި ވަނީ މި ފަަހަރުގެ ބިލު ވަރަށް ބޮޑު ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ޝަކުވާ ކުރަމުން ދަނިކޮށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ‏ރައީސުލްޖުމްހޫރިއްޔާ ⁦‪ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށްޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ،

އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަ ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަަށް ފަހުމީ ވިދާޅުވި އެވެ.

“ސަރުކާރުގެ ހަރުދަނާ އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،” ފަހްމީ ވިދާޅުވި އެވެ.

ފަހުމީގެ އިތުރުން ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދުވެސް ވިދާޅުވީ އެންމެ ފަހުން ފޮނުވި އޭޕްރިލް މަހުގެ ބިލުގައި ރޯދަ މަހުގެ ބައެއް ހިމެނި ކަރަންޓު ބޭނުން ކުރުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ކަރަންޓު ބިލުތައް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަމަށް ލުއި ދިނުމުގެ ގޮތުން މާޗް މަހުގެ ބިލަށް ވުރެ ބޮޑު ނުވާނެ ގޮތަށް އޭޕްރިލް މަހުގެ ބިލު އަލުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.