ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައަޅަނީ

އޭދަފުށީ ފަޅުތެރޭގައި ގިނަ ބަޔަކު މުށިމަސް ބާނަނީ– ފޮޓޯ: އަބްދުﷲ އަބީދު

ރާއްޖޭގެ އެންމެ އުފާވެރި ރަށްތައް ކަނޑައެޅުމަށް ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަން ކުރުމަށް “ހެޕިނެސް އިންޑެކްސް” އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށެވެ.

“ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ “ހެޕިނަސް އިންޑެކްސް”ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،” މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން އަންނަ އަހަރުތެރޭ ތަންފީޒުކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހެޕިނެސް އިންޑެކްސްއަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކުލަވާލާ އެއްޗެކެވެ. ދުނިޔޭގައި ރައްޔިތުން އެންމެ އުފާވެރި ގައުމުތައް ރޭންކު ކުރަނީ ވެސް ގައުމުތަކުން ނެރޭ އެފަދަ އިންޑެކްސްތައް ބޭނުންކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.