ގެނބެނިކޮށް ސަލާމަތްކުރި ބޭރުގެ ދެމަފިރިންގެ އަގު ވަޒަންކޮށްފި

ބާ އަތޮޅު ފުލުހުން ޓޫރިސްޓު ދެމަފިރިންނަށް ހަދާނީލިޔުން ދެނީ–ފޮޓޫ : ބާ އަތޮޅު ފުލުހުން

ބ. އަތޮޅުގައި ހިންގަމުން އަންނަ ދުސިތް ތާނީ ރިސޯޓުގެ މުވައްޒަފަކު ގެނބެނިކޮށް ސަލާމަތްކުރި ދެ ފަތުރުވެރިއެއްގެ އަގުވަޒަންކޮށްފިއެވެ.

ބ. އަތޮޅު ފުލުހުންގެ ހިދުމަތުން ބުނީ  މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި ދުސިތު ރިސޯޓްގައި ޑިއުޓީކުރަމުންދިޔަ މުވައްޒަފު މޫދަށް ވެއްޓުނީ ރިސޯޓުގެ މޫދު ކޮޓަރީއެއްގެ ޑެކްމަތިން ކަމަށެވެ.

އެ ދެމީހުންގެ ހިތްވަރުގަދަކަން ފާހަގަކޮށް ބ. އަތޮޅު ފުލުހުން ވަނީ އިއްޔެ އެ ރިސޯޓަށް ގޮސް އެ ދެމަފިރިންނާ ވެސް ބައްދަލުކޮށް، އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެމީހުންނަށް ދީފަ އެވެ.

ފުލުހުން ބުނިގޮތުގައި ޑިއުޓީގައި ހުރި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކުމަތިން މޫދަށް ވެއްޓި، އޭނާ ގެނބެމުން ދަނިކޮށް ފެނުނީ މި ދެމަފިރިންނަށެވެ. އަދި އެމީހުން ވަނީ އޭނާ ސަލާމަތްކޮށްފަ އެވެ.

“އެހެންވެ، އެ ދެމަފިރިންނަށް ދިވެހިންނާއި ފުލުހުންގެ ހިދުމަތުގެ ފަރާތުން ޝުކުރު ދަންނަވަން. އެ މީހުންގެ އަވަސް ވިސްނުމުގެ ސަބަބުން ފުރާނައެއް ސަލާމަތްކުރެވިއްޖެ،” ބ. އަތޮޅު ފުލުހުންގެ ފަރާތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ލިޔުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.