އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ހަވާލުކުރީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްއާ އެވެ.

އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ތައްޔާރު ކުރާނެ އެވެ.

މިނިސްޓްރީއިން މި ހައުސިންގް ޔުނިޓްތަކާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ބ. އޭދަފުށީގައި 1000 ހައުންސިން ޔުނިޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް  މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި  ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށާއި އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަމެވެ.

އަދި މި ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި އަތޮޅަށް ވެސް ކުރާނެ ކަމަށް އޭރު ރައީސް ވިދާޅުވިއެވެ. 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Body

    Mee kithah kotari. Kithaabodunineh. Kithah floor. Evves technical mauloomaath eh neiy. Habaru liyaairu suruhee ekani alhaaliyakas nuvaane dhettho

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.