ގައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސާޝިޕް މުއްދަތު ބީއެމްއެލް އިން އިތުރުކޮށްފި

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއާ އަދި ޖޫނިއާ ޓީމުތައް ހިމެނޭހެން ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ބީއެމްއެލްއިން އިތުރުކޮށްފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕާޓްނާޝިޕްގެ ދަށުން، އެ ކުޅިވަރުގައި ޒުވާން ސާފަރުންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް އެ ބެންކުން އެހީތެރިކަން ދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ސާފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސާފިންގެ އެތުލީޓުންގެ ފަރާތުން ފެންނަ ކަމަށާއި މީގެ ކުރިން ވެސް އެތުލީޓުން އެކަން ހާމަކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ޕާޓްނާޝިޕް މުއްދަތު އިތުރުކުރުމާއި ގުޅިގެން އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވަނީ ބެންކުން ގައުމީ ޓީމުތަކަށް ދެމުންދާ އެހީ އާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތަކުގެ ދަށުން ބީއެމްއެލްއިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. އަދި ބެންކުން ވަނީ އޮލިމްޕިކްސް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލާޝިޕް ވެސް ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.