ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގައި 200 އަށް ވުރެ ގިނަ ކުޅުންތެރިން

ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ބޭއްވި ޖޫނިއާ އޯޕަންގެ ތެރެއިން،— ފޮޓޯ: އަދަދު

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2024، 200 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު މާދަމާ ފަށަން އެ ކްލްބުން ތައްޔާރު ވެއްޖެ އެވެ.

އޭދަފުށީގައި ބެޑްމިންޓަން ކޯޓްގައި މި މަހުގެ 20-24 އަށް ބާއްވާ މުބާރާތުގައި ހުރިހާ ފަންތީގެ ކުޅުންތެރިން ވާދަކުރާނެ އެވެ.

އެގޮތުން އޭދަފުށީ ބެޑްމިންޓަން ކުޅުންތެރިންގެ އިތުރުން މާލޭގެ ބައެއް އެކަޑަމީގެ ތަކުގެ ކުޅުންތެރިންނާއި ނ. ހޮޅުދޫ އާއި ޅ. ނައިފަރު އަދި އއ. ތޮއްޑޫން ކުޅުންތެރިން ވާދަކުރެވެ. އޭގެ ތެރޭގައި ކުރިން ގައުމީ ފެންވަރުގައި ކުޅެފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އިން ސިލެކްޓްކުރާ ހަތަރު އަންހެން ކުޅުންތެރިންނާއި ހަތަރު ފިރިހެން ކުޅުންތެރިން ހާއްސަ ކެޓަގަރީއެއްގައި ވާދަކުރާ ގޮތަށް ރިވައިވަލް އިން ވަނީ ކަނޑައަޅައިފަ އެވެ.

މި މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ އަންޑާ 10, 12, 14, 16 އަދި އަންޑާ 18 ކުޅުންތެރިންގެ އަންހެން އަދި ފިރިހެން ޑަބަލްސް އަދި ސިންގަލްސްގެ މެޗުތަކެވެ.

މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނައަޕް ޓީމަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމު ފައިސާގެ ގޮތުގައި 60,000 ރުފިޔާ ދިނުމަށް އެ ކުލަބުން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.