ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ފޯރިއާއެކު ކުރިއަށް

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންްޖްގެ މެޗެއްގެ ތެރެއިން.– ފޮޓޯ: މިރާން ނާޝިމް / އަދަދު

ބ. އޭދަފުށީގައި އިއްޔެ ފެށި ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގެ ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

އިއްޔެ އިން ފެށިގެން މި މަހު 24 ވަނަ ދުވަހުގެ ނިޔަލަށް އޭދަފުށީ ޔޫތު ސެންޓަރު، ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މުބާރާތުގައި 200 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރެ އެވެ.

މުބާރާތުގައި އިއްޔެ ވަނީ 63 މެޗު ކުޅެފައިވާއިރު. މިއަދާ މިރޭ ވެސް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބް އަދި އޭދަފުށީ ކުޅުންތެރިންގެ އިތުރުން، މާލޭގެ އެކަޑަމީތަކުގެ ކުޅުންތެރިންނާއި، ޅ. ނައިފަރު، ނ. ހޮޅުދޫ، އަދި އއ. ތޮއްޑޫގެ ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ގައުމީ ލެވަލްގައި ވާދަކުރާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންްޖްގެ މެޗެއްގެ ތެރެއިން.– ފޮޓޯ: މިރާން ނާޝިމް / އަދަދު

މި މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ.

އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ އަންޑާ 10, 12, 14, 16 އަދި އަންޑާ 18 ކުޅުންތެރިންގެ އަންހެން އަދި ފިރިހެން ޑަބަލްސް އަދި ސިންގަލްސްގެ މެޗުތަކެވެ.

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންްޖްގެ މެޗެއްގެ ތެރެއިން.– ފޮޓޯ: މިރާން ނާޝިމް / އަދަދު

މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނައަޕް ޓީމަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމު ފައިސާގެ ގޮތުގައި 60,000 ރުފިޔާ ދިނުމަށް އެ ކުލަބުން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.