ގަދަ ވަޔާއެކު އޭދަފުއްޓަށް ގެއްލުންތަކެއް

ގަދަވަޔާއެކު ދެނކުނުފަރާތު ކުޑަކުދިންގެ ޕާކު ހަތްގެ ފުޜަޅު އެއްލާލާފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާދަޔާހިލާފަށް ވައިގަދަވެ، އޭދަފުށީގެ ބައެއް ސަރަހައްދުތަކުގައި ހުރި ބޮޑެތި ގަސްތައް ވެއްޓި ގެއްލުންތައް ވެއްޖެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، ރެއާއި މިއަދު ވައިގަދަވެ އޭދަފުށީގެ އެކި ސަރަހައްދުތަކުން ބައެއް ގަސްތައް ވެއްޓި، ގޮފިތައް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ގަދަ ވަޔާއެކު ގަސްތައް ވެއްޓުމުގެ އިތުރުން ދެކުނު ފަރާތުގައި ހުރި ކުޑަކުދިންގެ ޕާކުގެ ހަޓްގެ ފުރާޅާއި ވެސްޓް ވިންގްސް ޕާކުގެ ފާހާނާގެ ފުރާޅުގެ އިތުރުން ކުރީގެ ބާ އިންޖީނުގެ ފުރާޅުން ބައެއްވެސް އެއްލާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ގަދަ ވަޔާއެކު ބަނދަރު ސަރަހައްދުގައި ހުރި ގަސްތަކެއް ވެއްޓިފައި

ކައުންސިލުން ބުނީ އެމްޓީސީސީގެ އެހީތެރިކަމާއެކު އެކި ސަރަހައްދުތަކުން ވެއްޓުނު ބިޔަ ގަސްތައް ނަގައި އެތަންތަން ސާފުކޮށް، އަލުން އިންދެން ހުރި ގަސްތައް އިންދާފައިވާ ކަމަށެވެ.  

އަދި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ތަފުސީލުތައް ހޯދައި މިއަދު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް މިރަށު ކައުންސިލުން ބުންޏެވެ.

ގަދަ ޔަވާއެކު އޭދަފުށީ ކުރީގެ އިންޖީނު ގޭގެ ފުރާޅު އެއްލާލާފައި

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައި ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން މިރޭ ވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިރޭ ވެސް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މިރޭ 22:30 އާ ހަމައަށް އޮރެންޖު އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ.

މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިވަގުތު ގަޑިއަކު 34 މޭލާއި 40 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މި ހަފުތާގައި އިންޒާރު ވެސް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.