ސެޕްޓެމްބަރުމަހު ބ. އަތޮޅުގައި އާރްޓީއެލް ސްޕީޑް ފެރީ ފަށަނީ

އާރްޓީއެލް ސްޕީޑް ފެރީ: ނ، ރ އަދި ބ. އަތޮޅުގެ ދަތުރުތައް ފަށަން މިއަދު ވަނީ ސޮއިކޮށްފައި —ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތް އަންނަ ސެޕްޓެމްބަރުމަހު ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅާއި، ރ. އަތޮޅުގެ އިތުރުން ބ. އަތޮޅުގައި ފެށުމަށް ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނީ ސެޕްޓެމްބަރުމަހު ކަމަށެވެ. ނަމަވެސް އޭގެ ކުރިން ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ނ. އަތޮޅުގައި ހިދުމަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އަދި އޯގަސްޓްމަހު ރ. އަތޮޅުގައި ވެސް އާރުޓީއެލްގެ ޚިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ނ، ރ އަދި ބ އަތޮޅަށް ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް މަހު ތެރޭގަ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފައި އޮތީ ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކުރާ ގޮތަށެވެ.

މިހާރު އާރުޓީއެލް ހިދުމަތް ދެމުން އަންނަނީ ހއ. އާއި ހދ. އަދި ށ. އަތޮޅާއި ގއ. ގދ. ސ. ޏ ފުވައްމުލަކުގެ އިތުރުން ޅ. އަތޮޅުގަ އެވެ. އެ ހިދުމަތް ދިނުމަށް 25 އުޅަނދު ބޭނުންކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.