
އެސްޓީއޯ އޭދަފުށި ފިހާރައިން ވިއްކާ ކާޑުގެ ބާވަތްތައް ކިލޯ ކިރައިގެން ވިއްކުން މިއަދު ފެށިގެން ހުއްޓާލައިފި އެވެ.
އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ، އެ ފިހާރައިން ވިއްކާ ހަނޑު، ހަކުރު އަދި ފުށް މިއަދުން ފެށިގެން ކިލޯ ކިރައިގެން ނުވިއްކާނެ ކަމަށެވެ.
އެކަމަކު ކުރިއެކޭ އެއްގޮތަށް ކާޑުގެ ބާވަތްތައް ބަސްތާއިން (50 ކގ) ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އޭދަފުށީ ފިހާރައިން ބުންޏެވެ.
އެސްޓީއޯ އޭދަފުށި ފިހާރައިގެ މި ނިންމުމާ ގުޅިގެން އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބައެއް އާއްމުން ބުނި ގޮތުގައި އެސްޓީއޯއިން ކިލޯ ކިރައިގެން ކާޑުވިއްކުން ހުއްޓާލުމާ ގުޅިގެން، އާއްމުން ދެން ޖެހޭނީ ފިހާރަތަކުން އަގުބޮޑުކޮށް ކާޑުގެ ބާވަތްތައް ގަންނާށެވެ.

