އެސްޓީއޯ އިން ވިއްކާ އަގުގައި ފަސްމުގޫން ކާޑު ލިބޭނެ

އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ވިއްކާ އަގުގައި ކިލޯ ކިރައިގެން ފަސްމުގޫ ބިލްޑްވެއަރ އިން ކާޑުގެ ބާވަތްތައް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން މިއަދު ވަނީ ކިލޯ ކިރައިގެން އެ ފިހާރައިން ވިއްކާ ހަނޑު، ހަކުރު އަދި ފުށް ކިލޯ ކިރައިގެން ވިއްކުން ހުއްޓާލައިފަ އެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ކާޑުގެ ބާވަތްތައް ބަސްތާއިން (50 ކގ) ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އޭދަފުށީ ފިހާރައިން ބުންޏެވެ.

މިކަމާ ގުޅިގެން މިއަދު އާއްމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އޭދަފުށީގައި ރީޓޭލް އަދި ހޯލްސޭލް ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ  ފަސްމުގޫން ބުނީ، އެ ފިހާރައިން ކުރިން އެސްޓީއޯ އިން ވިއްކިގޮތަށް ކިލޯ ކިރައިގެން ހަމަ އެ އަގުގައި މިހާރު ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ކިލޯ ކިރައިގެން ވިއްކުން މިއަދު ހުއްޓާލިއިރު، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކާޑުގެ ބާވަތްތައް މިހާރު ވިއްކަމުން ގެންދަނީ ކާޑް އެޖެންޓް މެދުވެރިކޮށެވެ. އެސްޓޯއީން ކާޑް އެޖެންޓަށް ވުމުގެ ފުރުސަތު ހުޅުވާލިއިރު އޭދަފުށިން މިކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށްވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.