ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގައި 60 ރުއް އިންދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ  ޕްރޮގްރާމުގެ ދަށުން، އޭދަފުށީގައި 60 ރުއް އިންދައިފި އެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

އެކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ބައްދަލުވުން “ކޮޕް28″ގައި މިދިޔަ އަހަރު އެވެ.

މި ޕްރޮގްރާމުގެ ދަށުން ތިމާވެށި  ދުވަހާވެސް ގުޅުވައިގެން އޭދަފުށީގައި މިއަދު ރުއް އިންދާފައިވަނީ ޓްރީޓޮޕް އޭދަފުށީ ކޯލް ސެންޓަރުގެ ކުރިމަތީގައި އޮންނަ ހުސްބިމުގަ އެވެ.

އޭދަފުށީ ކައުންސިލުން އިސް ނަގައިގެން ހިންގި މި ޕްރޮގްރާމްގައި އުރީދޫގެ ސީސީއޯ ހުސެއިން ނިޔާޒާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާ ތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.

އުރީދޫން ]ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވެވުނީތީ އުފާކުރާ ކަމަށެވެ.

“މި އަޖައިބު ކުރުވަނިވި ފެހި އިސްނެގުމުގައި ޙިއްޞާ ކުރުމަށް އަޅުގަނޑުމެންނާއި މުޖުތަމަޢުގެ އެހެން މެމްބަރުންނާ ގުޅިގެން ދަޢުވަތު ދެއްވި އޭދަފުށީ ކައުންސިލަށް ޝުކުރުވެރިވަމެވެ،” އުރީދޫން ބުންޏެވެ.

މިއަދު ފެށި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވައިފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަންކުރާނެ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.