
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރުންނަށް ނިޝްޔާ ވަހީދު އާއި މަރިޔަމް ހަޒްމާ ހޮވައިފި އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރި މެހެމާން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ

ސާނަވީ ބައިން އެއްވަނަ ހޯދި ނިޝަޔާ ވަނީ އަށް މާއްދާއިން އޭ ސްޓާ، ހޯދައިގެން ގައުމީ ގަދަ ދިހަކުން އެއްވަނަ ހޯދައިފަ އެވެ.
މަތީ ސާނަވީ އިން އެއްވަނަ ހޯދި ހަޒްމާ ވަނީ ގައުމީ ގަދަ ދިހަކުން ތިން ވަނަ ހޯދައިފަ އެވެ. އޭނާއަށް ތިން މާއްދާއިން އޭ ސްޓާ އާއި ތިން އޭ ލިބިފައި ވެ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެންމެ ގިނަ ދުވަސްވީ އަތޮޅު ތަޢުލީމީ މަރުކަޒުން ފާއިތުވެ ދިޔަ ދިގު ރާސްތާގައި ހޯއްދަވައިފައިވާ އަދި ހޯއްދަވަމުން އަންނަ ނަތީޖާއާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވައި ކަމަށް ވިދާޅުވެ ތަކުރާރުކޮށް މުދައްރިސުންނާ، ބެލެނިވެރިންނާ އަދި ދަރިވަރުންނަށް ވެސް ޝުކުރުދެންނެވިއެވެ.

2022-2023 އަހަރު 11 ދަރިވަރަކު އޯލެވެލްގެ ގަދަ ދިހެއްގައި ހިމެނުނުއިރު އޭލެވެލްގެ ގަދަ ދިހެއްގައި 8 ދަރިވަރުން ހިމެނިފައި ވެ އެވެ.
ރޭގެ ހަފުލާގައި ވަނީ މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.