![](https://www.eydhafushitimes.com/live/wp-content/uploads/2024/06/1-2-1024x569.png)
އަން ބޮޑު އީދު ބަންދު ދުވަސްތަކުގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ހިދުމަތް ދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެމްއެމްއޭގެއިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ ޢީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި އެ ބޭންކް ހުޅުވުމަށް ހަމަޖެހިފައިވަނީ 18 ޖޫން 2024 ވާ އަންގާރަ ދުވަހު ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށެވެ.
މި ބަންދު ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށެވެ.