ބާ އެޓޯލް މެރިން ބައޮލޮޖީ އިންޓާންޝިޕް ޕްރޮގުރާމް ނިންމާލައިފި

ބ. އަތޮޅު ކައުންސިލުން ފޯސީޒަންސް ލަނޑާގިރާވަރު ރިސޯޓްގައި ކުރިއަށް ގެންދިޔަ ބާ އެޓޯލް މެރިން ބައޮލޮޖީ އިންޓާންޝިޕް ޕްރޮގުރާމް 2024 ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެ ޕްރޮގުރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް އިބްރާހީމް އަބްދުއްރަހްމާން އާއި ރިސޯޓް މެނޭޖަރ ނިތިން އެވެ.

މިއީބ. އަތޮޅު ކައުންސިލުން ލަނޑާގިރާވަރު ރިސޯޓުގެ އެހީތެރިކަމާ ބ. އަތޮޅު ސްކޫލުތަކުގެ ގުރޭޑް 9 ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ދަރިވަރުންގެ ތެރެއިން ދެވުނު ޕްރީ އެސެސްމެންޓްގެ ނަތީޖާތަކަށް ބަލާ، 10 ސްކޫލަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 24 ދަރިވަރަކަށް ފުރުސަތު ދީފައިވެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި ޖޫން 5އިން 8އަށް އެރިސޯޓްގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ މަގުސަދަކީ ބ. އަތޮޅުގައި މެރިން ބަޔޮލޮޖީއަށް ޝައުގުވެރިކަން ހުރި ދަރީންތަކެއް އުފެއްދުމާއި، މެރިން ބަޔޮލޮޖީއާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޯށްދީ، ހޭލުންތެރިކަން އިތުރު ކުރުމެވެ.

ބާ އެޓޯލް މެރިން ބައޮލޮޖީ އިންޓާންޝިޕް ފުރަތަމަ ޕްރޮގްރާމް ވަނީ މިދިޔަ އަހަރު ކުރިއަށްގެންގޮސްފައެވެ. އެޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން މިދާއިރާއަށް ޝައުގުވެރިކަން ހުރި ދަރިވަރުންނަށް އެޑްވާންސް ޕްރޮގްރާމެއް މިއަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާކަމަށް ބ. އަތޮޅު ކައުންސިލިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.