ބަޔޮސްފިއާ ރިޒާވް ބަލަހައްޓަން ޔަމަހާއިން އިންޖީނެއް ހަދިޔާކޮށްފި

މެނޭޖިން ޑިރެކްޓަރު އަލާއު އަލީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާ އިންޖީނު ހަވާލުކުރައްވަނީ.

ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް ބަލަހައްޓަން ޔަމަހާ 150 ހޯސްޕަވަރުގެ އިންޖީނެއް އެލިއާއިން ހަދިޔާ ކޮށްފި އެވެ.

ޔަމަހާގެ އައުޓްބޯޑު އިންޖީނު ހަވާލުކުރީ، ބަޔޮސްފިޔާ ރިޒާވް ބަލަހައްޓާ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ މިނިސްޓްރީއާ އެވެ.

އެލިއާއިން މި އިންޖީނު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. މިނިސްޓްރީން އިންޖީނާ ހަވާލުވެވަޑައިގަތީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

ންޖީނު ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ އެލިއާ އިންވެސްޓްމެންޓުގެ ވިޔަފާރިއަށް 60 އަހަރުވުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އެންވަޔަރަމެންޓު މިނިސްޓްރީ އަށް ހަދިޔާކުރި ފުރަތަމަ އަދި އެންމެ އަގުހުރި ހަދިޔާ ކަމަށެވެ.

އެލިޔާއިން ބުނީ ބަޔޮސްފިއާ ރިޒާވް ބެލެހެއްޓުމަށް އެ ކުންފުނިން ހަދިޔާ ކުރި އިންޖީނަކީ ފައިދާހުރި ވަސީލަތަކަށް ވާނެ ކަމަށެވެ.

ގިނަ ރިސޯޓްތަކެއް އޮންނަ ބ. އަތޮޅު، 2011 ވަނަ އަހަރު ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކަނޑައެޅީ އެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ހިމެނޭތީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.