
އޭދަފުށީގައި މި އަހަރުގެ އަޟްޙާ އީދު ދުވަހު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، ބޮޑު ޖަމާއަތުގައި ނަމާދުކުރާގޮތަށް މިއަހަރުވެސް ހަމަޖެއްސީ ފޭލި ޖަމިއްޔާ އިސްވެ، ރަށު ކައުންސިލާ ގުޅިގެންނެވެ.
އޭދަފުށީގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ (ވެލި) ދަނޑުގަ އެވެ. އިމާމުވެ އީދު ނަމާދު ކޮށްދެއްވާނީ އައްޝައިޚް އަބްދުލްމަޖީދު މުހައްމަދެވެ.
އީދު ނަމާދަށްފަހު އެ ސަރަހައްދުގައި އެންމެނަށް ހާއްސަކޮށް އީދު ސައި އޮންނާނެ ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.
އީދު ނަމާދުގެ ޖަމާއަތް ފެށޭނީ ހެނދުނު 7 ޖަހާއިރު އެވެ.
ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.