ފެނަކައިން ބިލްތައް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް

ފެނަކަ ކޯޕަރޭޝަނުން ދޭ ޔުޓިލިޓީ ޚިދުމަތުގެ ބިލް މިއަދުން ފެށިގެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން ކުރި އިއުލާނެއްގައިބުނީ ޕްރިންޓް ކޮށްފައިވާ ބިލުގެ ބަދަލުގައި މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ފެނަކައިގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަންބަރަކަށް ފޮނުވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކައިގެން ފޮނުވާ ރެޑްނޯޓިސްވެސް ޕްރިންޓްކޮށްގެން ހަވާލުކުރުމުގެ ބަދަލުގައި ދެން ފޮނުވާނީ އެސްއެމްއެސް އަކުން ކަމަށެވެ.

އެސްއެމްއެސްގައި ބިލް އެޑްރެސް، ބިލް ނަންބަރު، ސަބްސްކުރިޕްޝަން ނަންބަރު، މީޓަރު ނަންބަރުގެ އިތުރުން ބިލްގައިވާ ފައިސާގެ އަދަދު އަދި މުއްދަތު ހަމަވާ ތާރީހު ހިމަނާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް މި މައުލޫމާތު ހިމެނޭ ބިލުގެ އެސްއެމްއެސް ނުލިބޭ ކަސްޓަމަރުން ހިދުމަތްހޯދާ ބުރާންޗަކާ ގުޅައިގެން ބިލް ހޯދުމަށް އެދިފަ އެވެ. އެސްއެމްއެސްގެ އިތުރުން އެޕުންވެސް ބިލު ނެގޭނެ އެވެ.

ފެނަކައިން ވަނީ ސްމަރޓް މީޓަރު ތަޢާރަފުކޮށް ގޭބިސީތަކުގައި ބޭނުންކުރަންވެސް ފަށާފައެވެ. ސްމަރޓް މީޓަރުގެ ސަބަބުން، ކޮންމެ ދުވަހަކު އެގޭބިސީއަކުން ބޭނުންކުރާ ކަރަންޓުގެ މިންވަރު ފަސޭހައިން ބަލާލެވޭނެއެވެ. އަދި މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް، ބިލު ކުޑަކުރުމަށްވެސް އެހީތެރިވެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.