ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރަން 100 ސްކޮލަޝިޕަށް ހުޅުވާލައިފި

އެވިޑް ކޮލެޖު ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން—. ފޮޓޯ: މިހާރު

ރާއްޖޭގައި ޕްރޮފެޝަނަލް ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް 100 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފިއެެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ‘ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް ސްކީމް 2024’ގެ ނަމުގައި ހުޅުވާލާފައިވާ, މި ސްކޮލަރޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 އެވެ.

ޗާރޓެޑް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ މި 100 ފުރުސަތު ބަހާލާފައިވާ 2 ބަޔަކީ ޕަބްލިކް ކެޓަގަރީއާއި އޯޕަން ކެޓަގަރީއެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ. އަދި ދެވަނަ ކެޓަގަރީގައި ހިމެނެނީ އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ 50 ފުރުސަތެވެ.

ސްކޮލަޝިޕަށް ހުށަހެޅުމުގެ ޝަރުތުތައް:

1. ACCA ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.

2. CIMA މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލް އަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.

3. މިނިސްޓްރީން ނުވަތަ ކުރިން ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

4. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަކަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއި އެދޭ ކޯހާއި އެއްފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

އެ ސްކޮލަޝިޕް ފުރުސަތަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ.

މި ސްކޮލަރޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.