އުރީދޫ ގެ ދައުވަތަކަށް ޕީ.އެސް.ޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖޭގައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އުރީދޫގެ ދައުވަތަކަށް ރާއްޖެ އައިސްފި އެވެ.

ޖޭ-ޖޭ އޮކޯޗާ އިއްޔެ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ އުރީދޫ މޯލްޑިވްސްގެ އެމްޑީ އާއި ސީއީއޯ އާއި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓެވެ. ލެޖެންޑަށް ހޫނު ޓްރެޑިޝަނަލް މަރުހަބާއެއް ބޮޑުބެރާއެކު ކުރިއަށްގެންދިޔަ އެވެ.

އޮގަސްޓީން އަޒުކާ “ޖޭ-ޖޭ” އޮކޯޗާ (އުފަންވީ 14 އޮގަސްޓް 1973) އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 1998 ވަނަ އަހަރު އޮކޯޗާ ގެނައުމަށް ގާތްގަނޑަކަށް 14 މިލިއަން ޕައުންޑް ހަރަދުކުރި އިރު، އޭނާ ވެގެން ދިޔައީ އޭރު އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޕީއެސްޖީގައި ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ 84 މެޗު ކުޅެ 12 ގޯލު ޖަހައިފަ އެވެ. އޭނާ ވަނީ ޕެރިހުގައި ހޭދަކުރި ދުވަސްވަރު ބްރެޒިލްގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަދި މުސްތަގުބަލުގެ ބެލޮންޑިއޯ ކާމިޔާބުކުރި ރޮނާލްޑީނިއޯގެ މެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. 

ހިތްގައިމު ހުނަރާއި އުފެއްދުންތެރިކަމާއި އާދަޔާ ހިލާފު ޕްލޭމޭކިންގެ ގާބިލުކަމަށް މަޝްހޫރު ޖޭ-ޖޭ އޮކޯޗާ ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުންނާނެ އެވެ. އޮކޯޗާގެ މި ދަތުރުގައި އުރީދޫއިން ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖޭގެ ރީތިކަން އޭނާގެ ފުޅާ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ އެވެ.

މި ދަތުރުގައި އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީޓް އެންޑް ގްރީޓް: އުރީދޫ މޯލްޑިވްސް އިން ޕީއެސްޖީގެ ލެޖެންޑް ޖޭ ޖޭ އޮކޯޗާއާ އެކު ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަންގައި ޖޭ-ޖޭ އޮކޯޗާ ރާއްޖޭގެ ފުޓްބޯޅައިގާ ފާހަގަކޮށްލެވޭ ފަރާތްތަކާއި މިހާރުގެ އަދި ކުރީގެ ކުޅުންތެރިންނާއި ކުޅިވަރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ފުޓްސަލް މެޗް: މާޒިޔާގެ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް ކުޅޭ 6 އޮން 6 ފުޓްސަލް މެޗުގައި ޖޭ ޖޭ އޮކޯޗާ ބައިވެރިވާނެއެވެ. ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި “ޕްލޭ ފުޓްސެލް ވިތް ލެޖެންޑް” މުބާރާތުގެ ނަސީބުވެރިންނާއެކު ޖޭ ޖޭ އޮކޯޗާ މި ފުޓްސަލް މެޗުގައި ކުޅޭނެއެވެ.

ޕީއެސްޖީ އެކަޑަމީ: ގަތަރުގެ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާއެކު ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ 2 ޓްރެއިނިން ސެޝަނެއް ރާއްޖޭގައި ބޭއްވުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އޮކޯޗާ ފަން ރަން ގައި ބައިވެރިވުން: ޖުލައި މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އުރީދޫ މޯލްޑިވްސް ފަން ރަން – ލާމު އެޑިޝަންގައި ބައިވެރިވުމަށް ޖޭ- ޖޭ އޮކޯޗާ ވެސް ލ. އަތޮޅަށް ދާނެ އެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމަކީ ބައިވެރިންނަށް ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކާއެކު ކުރިއަށްގެންދެވޭ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.