އުރީދޫ އާއި ޕީއެސްޖީ އެކެޑަމީ ގުޅިގެން ހާއްސަ ފުޓުބޯޅަ ކޯޗިން ކްލިނިކެއް ބާއްވައިފި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިޑިއޭ ޑޯމީ ގެ ޒިޔާރަތުގައި ޕީއެސްޖީ އެކަޑަމީން ރާއްޖޭގައި ހާއްސަ ކޯޗިން ކްލިނިކެއް ބާއްވައިފިއެވެ. މި ފާހަގަކޮށްލެވޭ ހަރަކާތަކީ 3 ޖުލައި 2024 ގައި މާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ހަރަކާތެކެވެ.

މި ކޯޗިން ކްލިނިކްގެ މަގްސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށާއި ކޯޗުންނަށް ކުޅިވަރުގެ އެންމެ ހުނަރުވެރި އަދި ޝަރަފުވެރި ޕީއެސްޖީ އެކަޑަމީގެ ތަޖުރިބާކާރު ކޯޗުންގެ ކިބައިން އުނގެނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

ޕެރިސް ސެއިންޓް ޖާމަން އެކަޑަމީގެ ކޯޗުން ކަމަށްވާ ސިރިލް ކްލޮސެކް އާއި އެޑުއާޑޯ ސަންޓޯސްގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން ފުޓްބޯޅައަށް ޝައުގުވެރިވާ 120 ޒުވާން ކުޅުންތެރިން ބައިވެރިވި މި އެކްސްކްލޫސިވް ކޯޗިން ކްލިނިކަށް އެ ކްލަބުގެ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު ލިބުނެވެ. ކުރީގެ ކުޅުންތެރިޔާ އަދި ގަތަރުގެ ޕީއެސްޖީ އެކަޑަމީގެ މިހާރުގެ ޓެކްނިކަލް އެޑްވައިޒަރު ޑިޑިއޭ ޑޯމީ ވެސް މި ކޯޗިން ކްލިނިކުގައި ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޒުވާން ކުޅުންތެރިންނަށް އުނގަންނައިދެވޭނެ ފަދަ ތަމްރީނުތަކާއި ތަރައްގީގެ ހުނަރުތައް ދިވެހި ކޯޗުންނަށް ދަސްކޮށްދީ، ދިވެހި ހާއްސަ ޓްރެއިނިން ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ކޯޗިން ކްލިނިކް ސެޝަންތަކުގައި ދިވެހި ކޯޗުންނަށް ވަނީ ޕީއެސްޖީގެ މެތަޑޮލޮޖީގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ޓްރެއިނިންތައް ސްޓްރަކްޗާ ކުރާނެ ގޮތްތައް ވަނީ ދަސްކޮށްދެވިފައެވެ.

ޕީއެސްޖީ އެކަޑަމީ އަކީ އެ ކްލަބުގެ އަމިއްލަ އުސޫލުތަކެއް ބޭނުންކޮށްގެން ޒުވާން ހުނަރުވެރިން ތަރައްގީކުރާ ދުނިޔޭގެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ އެކަޑަމީއެކެވެ. ހޯލިސްޓިކް ޑިވެލޮޕްމަންޓަށް ހާއްސަ ސަމާލުކަމެއް ދީގެން ޕީއެސްޖީ އެކަޑަމީން ވަނީ ފަންނީ ހުނަރާއި ޓެކްޓިކަލް އަންޑަސްޓޭންޑިންގ އަދި ޕާސަނަލް ކުރިއެރުމަށް ބާރު އަޅާފައެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންތަކަކީ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް، ޓީމްވޯކް ކުރިއަރުވައި، އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ޖޭ-ޖޭ އޮކޯޗާ އަމަލީ ގޮތުން ބައިވެރިވެ، އޭނާގެ އަގުހުރި ވިސްނުމާއި ތަޖުރިބާތައް ޒުވާން ކުޅުންތެރިންނާ ހިއްސާކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.