ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ އާއެކު އުރީދޫ ފަން ރަން ބާއްވައިފި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ޖޭ ޖޭ އޮކޯޗާ އާއެކު އުރީދޫ ފަން ރަން ލ. ގަމުގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، މި ދުވުމުގައި ޖޭޖޭ އޮކޯޗާގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިއުއާއި އުރިީދޫގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ދުވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ކޮންމެ ކިލޯ މީޓަރެއް ނިމުމުން، ބެހެއްޓިފައިވާ ސެޝަންތަކުގައި ކުލަ ޖެހުމުގެ އިތުރުން މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.

އޭގެއިތުރުން، މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ ހިނގާފައި ނުވަތަ ޖޮގްކޮށްފައި ނޫނީ ދުވެފައި ގޮސް ރޭސް ނިންމުމުގެ ފުރުސަތު ބައިވެރިންނަށް އޮންނަކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ ފަންރަންގެ ހަރަކާތަކީ ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވާ ހަރަކާތަކަށްވާއިރު، މިއީ އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އުރީދޫން ބުނީ، މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.