ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނު އިސްލާހުކުރަނީ

އޭދަފުށީ ކައުންސިލަރުން ރައީސް މުއިއްޒުއާއެކު ފޮޓޯއަކަށް ހުއްޓިގެން. ކައުންސިލްތައް އެކުލެވޭ ގޮތް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި

ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑު ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

 ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. 

ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަކީ، ރައްޔިތުންގެ އަތުގައި އޮންނަ ބާރުތައް ދޫކޮށްލުން ނޫން ކަމަށެވެ. އެގޮތުން ކައުންސިލުތަކަށް ރައީސްއަކާއި ނައިބު ރައީސްއަކު ހޮވުމުން އާބާދީގެ ކުދި ރަށްތަކަށް ފުދޭނެކަމަށާއި އާބާދީގެ ގޮތުން ބޮޑު ރަށްތަކާއި، ސިޓީތަކަށް ސައިޒު ތަންކޮޅެއް ބޮޑުކޮށްލެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މި ގެންނަ ބަދަލުން އަޅުގަނޑުމެންނަށް މި ސަލާމަތްކުރެވޭ ހަރަދު ވެސް ބޮޑު. އޭރުން މި ސަލާމަތްވާ ހަރަދުން މައުނަވީ ތަރައްގީއަށް އުމްރާނީ ތަރައްގީއަށް އިޖުތިމާއީ ތަރައްގީއަށް އަޅުގަނޑުމެންނަށް ހަރަދު ކުރެވޭނެ،” ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލް މިހާރު އިންތިހާބު ކުރަނީ އެއްވެސް މާނައެއް ނެތް ގޮތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.