އާރްޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

ނ. އަތޮޅުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވ އާރްޓީއެލް ފެރީ. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް ނ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

އާރްޓީއެލް ލޯންޗް ފެރީގެ ހިދުމަތް ދިނުމަށް އެ އަތޮޅުގައި  ބޭނުން ކުރާނީ 50 މީހުންގެ ޖާގައިއިގެ ދެ ލޯންޗެވެ.

އެ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. މި ދަތުރުތައް ފެށުމަށް ޓެސްޓު ދަތުރުތައް ވެސް މިހާރު ވަނީ ބާއްވާފައެވެ.

އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ނ. އަތޮޅުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވ އާރްޓީއެލް ފެރީ. ފޮޓޯ: އެމްޓީސީސީ

ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުންވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައިވެސް މިޚިދުމަތް ވަނީ ފަށާފައެވެ. އަދި ވަރަށް އަވަހަށް ރ.އަތޮޅާއި ބ.އަތޮޅުގައިވެސް މިޚިދުމަތް ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.